ޖަޕާނުން ރާއްޖެ އަށް ދިން 47.5 މިލިއަން ޑޮލަރުގެ ލޯނު އެހީ ހަވާލުކޮށްފި

ޖަޕާނުން ރާއްޖެ އަށް ދިން ލޯނު އެހީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / ފިނޭންސް

ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެ އިން ކުރަމުންދާ މަސައްކަތަށް އެހީވުމުގެ ގޮތުން ޖަޕާނުން ރާއްޖެއަށް ދިނުމަށް ނިންމި 47.5 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ލޯނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ރެޒިޑެންސް ރެޕްރެޒެންޓޭޓިވް އޮފް ޖައިކާ މޯލްޑިވްސް މިޝްޔޯކީ ކަވަސާކީއެވެ.

އެ ލޯނު އެހީ އަކީ ޖަޕާނުން މިހާތަނަށް ރާއްޖެ އަށް ފޯރުކޮށްދިން އެންމެ ބޮޑު އެހީ ކަމަށެވެ. އެ ލޯނު އަނބުރާ ދެއްކުމަށް ޖަޕާނުން ވަނީ 15 އަހަރުގެ މުއްދަތެއް ދީފައެވެ. ގްރޭސް ޕީރިއަޑެއްގެ ގޮތުގައި އެގައުމުން ވަނީ ހަތަރު އަހަރު ދުވަސް ދީފައެވެ. މީގެއިތުރުން އެ ލޯނަކީ ލޯނު އެހީއަކީ 0.01 ޕަސެންޓްގެ އިންޓްރެސްޓެއް ނަގާގޮތަށް ދީފައިވާ ލޯނެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށާއި ޖަޕާނުން ރާއްޖެ އަށް ދިން އެހީއާއެކު ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ފުޅާކުރުމަށް އެހީއަކަށްވެގެންދާނެ ކަމަށެވެ. އަދި ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދީ ހަރަކާތްތައް ކުރިއެރުވުމަށް އެހީތެރިވެދީ، އިގްތިސާދީ ހަރަކާތްތައް އަލުން އާރާސްތު ކުރުމަށް އެހީތެރިވެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖައިކާގެ ރާއްޖޭގެ އޮފީހުގެ ރެޕްރެޒެންޓޭޓިވް މިޓްސުޔޮޝީ ކަވަސާކީ ވިދާޅުވީ ޖައިކާއިން އުއްމީދު ކުރަނީ މި އެހީގެ ސަބަބުން ރާއްޖެއިން ހަރުދަނާ ކަމާއި އެކު ބޭނުންކޮށް، އިގްތިސާދު ނަގަހައްޓާ، ގައުމުގެ އިޖްތިމާއީ އަދި އިގްތިސާދު ކުރިއެރުވުމަށް ކުރާ މަސައްކަތްތައް އިތުރުވެގެންދާނެ ކަމަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *