އަނެއްކާވެސް އައްޑޫ ސިޓީގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކު ރޭޕްކޮށްފި

އައްޑޫ ސިޓީ ހުޅުމީދޫ މަގެއްގެ މަތި --

އައްޑޫ ސިޓީގައި އަނެއްކާވެސް ހާއްސަ އެހީ އަށް ބޭނުންވާ މީހަކު ރޭޕްކޮށްފިއެވެ.

މިފަހަރު މި ހާދިސާއެއް ހިނގީ އައްޑޫ ސިޓީ ހުޅުމީދޫގައެވެ. ފުލުހުން ބުނީ  ހުޅުމީދޫގައި މި މަހުގެ 28 ވަނަ ދުވަހު ހާއްސަ އެހީ އަށް ބޭނުންވާ އަންހެނަކާ ގަދަކަމުން ބަދައަހުލާގީ އަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނީ އެ މައްސަލާގައި ތުހުމަތު ކުރެވެނީ 68 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ. އަދި އެ މީހާ ކޯޓު އަމުރެއްގެ ދަށުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ހަމައެއާއިއެކު އެމީހާގެ ބަންދަށްވެސް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެކުރިން އައްޑޫ ސިޓީ ހިތަދޫގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ މީހަކު ރޭޕްކުރިއެވެ. އެއީ މިދިޔަ ޖުލައި މަހުގެ 31ވަނަ ދުވަހުއެވެ. އެމީހާ ރޭޕްކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު އެ ދެމީހުންގެ މައްޗަށް މިހާރު ވަނީ ދައުވާ ވެސް އުފުލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.