ކުވެއިތުގެ އަމީރު އަވަހާރަވެއްޖެ

ކުވެއިތުގެ އަމީރު ޝެއިހް ސަބާހް ---

ކުވެއިތުގެ އަމީރު ޝައިހް ސަބާހް އަލް އަހުމަދު އަލް ސަބާހު މިއަދު އަވަހާރަވެއްޖެއެވެ.

އެމަނިކުފާނު އަވަހާރަވިއިރު އުމުރުފުޅަކީ 91 އަހަރެވެ. ޝައިހް ސަބާހު އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، ސާޖަރީއަކާ ގުޅިގެން އިތުރު ފަރުވާ އަށް މިދިޔަ ޖުލައި މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ވަޑައިގެންފައެވެ. ޝެއިހް ސަބާހް އަވަހާރަވީ އެމެރިކާގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކުވައިތުގެ ފޮރިން މިނިސްޓަރުކަން 40 އަހަރަށް ކުރައްވާފައިވާ ޝެއިހް ސަބާހް އަކީ މިހާރު ކުވެއިތުން ދެކެމުން އަންނަ އުމްރާނީ ތަރައްގީގެ ބާނީ ކަމަށް ގިނަބަޔަކު ދެކެއެވެ. ކުވެއިތުގެ ބޮޑުވަޒީރުކަން ވެސް ކުރެއްވި ސަބާހު އެގައުމުގެ އަމީރު ކަމާއި ހަވާލުވެވަޑައިގެންނެވީ 2006 ވަނަ އަހަރުއެވެ.

ޝައިހް ސަބާހުގެ އަމީރު ކަމުގައި ވަނީ ސަރަހައްދީ ގައުމުތަކުގެ މެދުގައި ހުރި މައްސަލަތައް ހައްލުކުރަން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *