ސެނިޓައިޒް ކުރާ ދެ ޓްރަކް ޔޫއޭއީ އިން ރާއްޖެ އަށް ހަދިޔާކޮށްފި

ޔޫއޭއީއިން ރާއްޖެއަށް ހަދިޔާކުރި ސެނިޓައިޒޭޝަން ޓްރަކް-- ފޮޓޯ/ފޮރިން މިނިސްޓްރީ

ސެނިޓައިޒްކުރަން ބޭނުންކުރާ ދެ ޓްރަކް ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިތަކެތި ހަދިޔާ ކުރެއްވި ކަމަށްޓަކައި ޔޫއޭއީ އަށް ޝުކުރު އަދާ ކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ވެހިކަލްތަކުގެ ސަބަބުން ކޮވިޑް-19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް އިތުރަށް ފަސޭހަވެ އަދި ވަރުގަދަ ކުރެވޭނެ ކަމަށެވެ.

މިތަކެތި ބޭނުންކުރަން ހަމަޖެހިފައި ވަނީ މީހުން އެއްވެ އުޅޭ ސަރަހައްދުތައް ޑިސްއިންފެކްޓު ކުރުމަށެވެ. މި ދެ ޓްރަކް މިހާރު އޮތީ ހުޅުމާލޭގައެވެ.

ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތަށް އެހީވުމަށް ޔޫއޭއީ އިން އަންނަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޔޫއޭއީން މިދިޔަ ޖޫން މަހުގެ ތެރޭގައި ވަނީ ރާއްޖެ އަށް 77.3 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް ހަދިޔާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *