އިންޑިއާ އިން ޑޯނިއާ ފްލައިޓެއް ރާއްޖެ އަށް ހަދިޔާކޮށްފި

އިންޑިއާ އިން ހަދިޔާކުރި ޑޯނިޔާ ފްލައިޓު ----

އިންޑިއާގެ އަސްކަރިއްޔާ އިން ޑޯނިއާ ފްލައިޓެއް ރާއްޖެ އަށް ހަދިޔާކޮށްފިއެވެ.

އިންޑިއާ އެމްބަސީން ބުނީ މި ޑޯނިއާ އޮޕަރޭޓް ކުރާނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ކަމަށެވެ. އެގޮތުން މި ބޯޓު އޮންނާނީ ހަނިމާދޫ އެއާޕޯޓުގައި ކަމަށްވާއިރު މި ބޯޓުގެ ހުރިހާ ހަރަދެއް ކުރާނީ އިންޑިއާގެ އަސްކަރިއްޔާއިންނެވެ.

މިބޯޓުގެ ބޭނުންކޮށްގެން ސަރޗް އެންޑް ރެސްކިޔު ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގެ އިތުރުން އީއީޒެޑް ސަރަހައްދު ބެލެހެއްޓުމާއި ހާލުގައި ޖެހޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެމްބަސީން ބުނެއެވެ.

މިއީ އިންޑިޔާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު 2016 ވަނަ އަހަރު ސޮއިކުރެވުނު ޑިފެންސް އެކްޝަން ޕްލޭންގައި ހިމެނޭ ޑޯނިއާ ފްލައިޓެކެވެ. އިންޑިއާ އިން ވަނީ ރާއްޖެއަށް މީގެކުރިން ދެ ހެލިކޮޕްޓަރު ވެސް ހަދިޔާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *