ހައްޔަރުކުރި ނޫސްވެރިޔާ އަށް އިންޑިއާއިން ކުރަނީ ޗައިނާ އަށް ޖާސޫސް ކުރާ ކަމުގެ ތުހުމަތު

ރަޖިވް ޝަރުމާ ---

އިންޑިއާ އިން ހައްޔަރުކޮށްފައިވާ އެގައުމުގެ ޓްރިބިއުން ނޫހުގެ ޗީފް އެޑިޓަރު ރަޖީވް ޝަރުމާ ހައްޔަރުކޮށްފައިވަނީ އެގައުމާއި ވާދަވެރި ޗައިނާ އަށް ޖާސޫސް ކޮށްދޭ ކަމުގެ ތުހުމަތުގައި ކަމަށް އިންޑިއާ އިން ބުނެފިއެވެ.

ރަޖީވް މަސައްކަތް ކުރާ ނޫހަކީ އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޮވާލް އުފެއްދެއްވި ތިންކްޓޭންކް ވިވެކަނާޑާ އިންޓަނޭޝަނަލް ފައުންޑޭޝަން (ވީއައިއެފް)އާ ވެސް ގުޅިފައިވާ ނޫހެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލާގައި ނޭޕާލް ފިރިހެނަކާއި ޗައިނާ އަންހެނަކު ހައްޔަރުކޮށްފައިވާއިރު އިންޑިއާ ފުލުހުން ވަނީ ނޭޕާލް ފިރިހެން މީހާ ރަޖީވް ޝަރުމާ އަށް ފައިސާ ފޯރުކޮށްދޭ ކަމަށް ތުހުމަތު ކޮށްފައެވެ.

ޗައިނާގެ ސަރުކާރާ ގުޅުން އޮންނަ ގްލޯބަލްޓައިމްސްއަށް ރަޖީޗް ޝަރުމާ ލިޔެދޭ ކަމުގެ ތުހުމަތުވެސް އިންޑިއާ ފުލުހުން އަންނަނީ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *