ވެކްސިނެއް ލިބުމުގެ ކުރިން ދެ މިލިއަނަށްވުރެ ގިނަ މީހުން މަރުވެދާނެ: ޑަބްލިއުއެޗްއޯ

މީހެއްގެ ގައިން ހުން ހުރިތޯ ޓެސްޓު ކުރަނީ ---

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރިފައިވާ އަދި އެ ބައްޔަކަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ވެކްސިނެއް ހޯދިފައި ނުވާ ކޮވިޑް19 އަށް ވެކްސިނެއް ލިބުމުގެ ކުރިން ދެ މިލިއަނަށްވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯގެ އޮފިޝަލެއް ކަމަށްވާ ޑރ. މައިކް ވިދާޅުވީ ކޮވިޑް19 އަށް ވެކްސިނެއް ލިބި ގައުމުތަކަށް އެ ވެކްސިން ފޯރުވުމުގެ ކުރިން އެ ބަލީގައި މަރުވާ މީހުންގެ އަދަދު ދެ މިލިއަނަށްވުރެ މައްޗަށް އެރުމަކީ އެކަށީގެންވާ ކަމަށެވެ. މީގެއިތުރުން އެންމެ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވިއްޖެ ނަމަ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ ވެސް ގާތް ކަމެއް ކަމަށް މައިކް ވިދާޅުވިއެވެ.

ކޮވިޑް19 އިން ސަލާމަތްވުމަށް ގައުމުތަކުންނާއި ކަމާ ގުޅުންހުރި މާހިރުން އަންނަނީ ވެކްސިނެއް އުފެއްދޭތޯ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މީގެތެރެއިން ވެކްސިން އުފައްދާފައިވާ އެއް ގައުމަކީ ރަޝިޔާއެވެ. ރަޝިއާގެ ވެކްސިންގެ އެއްބިލިޔަން ޑޯޒަށް ދުނިޔޭގެ ގައުމުތަކުން އޯޑަރުކޮށްފައިވާ އިރު ޗައިނާގެ ވެކްސިންއަށް ލިބިފައިވާ އޯޑަރު 100 މިލިޔަނަށް އަރާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް19ގެ ވެކްސިން މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ކުރިޔަށްގެންދާ ޕްލެޓްފޯމުގައި 172 ގައުމު ބައިވެރިވެފައިވާ ކަމަށާއި ހުރިހާ ގައުމަކަށް ވެސް ވެކްސިން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ވަނީ މީގެކުރިން ބުނެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *