އާޒިމާ އަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ

ކުރީގެ ބަންޑާރަ ނާއިބު އަދި މަޝްހޫރު ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝުކޫރު: ފޮޓޯ / އަވަސް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދިނުމުގެ ދަޢުވާއެވެ. މި މައްސަލައިގެ އަޑުއެހުންތައް އޮންނާނީ މާދަމާ މެންދުރު 13:30 ގައެވެ.

ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ އޭސީސީ އަށް އާޒިމާ ދޮގު މައުލޫމާތު ދެއްވި ކަމަށް ބުނެއެވެ. އަދި މަނީ ލޯންޑްރިން އަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލު ކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ބުނެއެވެ.

މި މައްސަލައިގެ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18ވަނަ ދުވަހު އަޑުއެހުމެއް ބޭއްވިއެވެ. އާޒިމާގެ މައްޗަށް ދައުވާ ކުރީ ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އައިޝަތު ބިޝާމްއެވެ. އާޒިމާ ވަނީ އެ އަޑުއެހުމުގައި އޭނާ މައްޗަށް ދައުލަތުން ދައުވާކުރާ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ މަސްލަހަތު ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށާއި ބިޝާމްގެ ބައިވެރިވުން އޮވެގެން އެ ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އާޒިމާގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް މާދާމާ އޮންނައިރު މަނީ ލޯންޑަރިންގެ މައްސަލައެއް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިހާރުވެސް އަންނަނީ ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އަދި މަނީ ލޯންޑަރިންގެ އިތުރު ދައުވާ އެއް އަނެއްކާވެސް ވަނީ އުފުލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *