500 ޓަނުގެ މުދަލާ އެކު، ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކޮށްފި

ކާގޯ ފެރީ ކުޅުދުއްފުށީ ބޭރުގައި ބަނދަރުކޮށްފައި— ފޮޓޯ/ މަހުލޫފް

އިންޑިއާ ކާގޯ ފެރީގެ ފުރަތަމަ ދަތުރުގައި 500 ޓަނުގެ މުދަލާ އެކު މިއަދު ކުޅުދުއްފުށީގައި ބޯޓު ބަނދަރުކޮށްފިއެވެ.

އިންޑިއާގެ ޝިޕިން ކޯޕަރޭޝަން (އެސްސީއައި) އިން އޮޕަރޭޓްކުރާ ކާގޯ ފެރީ ކުޅުދުއްފުއްޓަށް ބަނދަރުކުރީ ފަސް ދުވަހުގެ ދިގު ދަތުރަކަށްފަހުއެވެ. މިދިޔަ ހޯމަ ދުވަހު ކޮޗިން އިން ފުރި ފެރީ ކުޅުދުއްފުށްޓަށް ބަނދަރު ކުރެވުނީ މިއަދު ހެނދުނު 6:30 ހާއިރުއެވެ.

ކާގޯ ބޯޓުގެ ފުރަތަމަ ދަތުރުގައި ގިނައިން ހިމެނެނީ ސިމެންތިއެވެ. ނަމަވެސް ކާބޯ ތަކެތިވެސް ހިމެނެއެވެ.

އެތަކެތި ކުޅުދުއްފުއްޓަށް ބާލާނީ، އެމްޕީއެލްގެ ކުޅުދުއްފުށީ ޕޯޓުގެ އުޅަނދުތައް ބޯޓު ކައިރިއަށް ގޮސްގެންނެވެ.

ކުޅުދުއްފުށީ ޕޯޓަށް ކައިރިކުރެވެނީ އެންމެ ބޮޑުވެގެން ވެސް 1000 ޓަނުގެ ބޯޓަށެވެ. އިންޑިއާ އާއި ރާއްޖެއާ ދެމެދު އަލަށް ފެށި ކާގޯ ހިދުމަތުގައި މިވަގުތު ބޭނުންކުރަނީ 3000 ޓަނުގެ ބޯޓެކެވެ.

Leave a Reply

Your email address will not be published. Required fields are marked *