ކޭސްތައް މަދުވުމުން މިނިސްޓަރު މައުސޫމް ޝުކުރު އަދާ ކުރެއްވީ ޅެންބައިތަކުން!

ޓޫރިޒަމް މިނިސްޓަރު މައުސޫމް: މަގާމަށް ވަޑައިގެންނެވިއިރު ހުންނެވީ ކުންފުންޏެއްގެ އެމްޑީއެއްގެ މަގާމުގައި

ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަދުކުރުމަށް ރާއްޖެއިން ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދު ކުރުމަށް މަސައްކަތް ކުރުމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ގޮވާލައްވާފައި ވަނިކޮށް ރާއްޖެއިން ކޮވިޑް ޖެހޭ މީހުންގެ އަދަދު 100 އިން ދަށްވުމުން ދިވެހި ރައްޔިތުންނަށް ޅެން ބައިތަކުން މިނިސްޓަރު މައުސޫން ޝުކުރު އަދާ ކުރައްވައިފިއެވެ.

މިދިޔަ މަހުގެ 23ވަނަ ދުވަހު މިނިސްޓަރު މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިގޯޅި ކަމާއިއެކުގައި އުޅޭ ނަމަ ކޮވިޑް ފެތުރުން އިތުރުވާ ކަމަށާއި ނަމަވެސް ގައިދުރު ކުރުމަށް އެޅޭ ކޮންމެ ފިޔަވަޅަކާއި އެކުގައި ކޮވިޑް ފެތުރޭ މިންވަރު ދަށްވުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ.

އެހެންކަމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު މަތިކޮށް ގެސްޓުހައުސްތައް ހުޅުވުމުގެ ފުރުސަތު ތަނަވަސް ކުރުމަށް ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްކުރުމަށް މަސައްކަތް ކުރުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އިން ތިރިވެފައިވާއިރު ގިނަ ދުވަސް ދުވަހު ނަންބަރުތައް އުޅެނީ 50 އިން ވެސް ދަށުގައެވެ. އެހެންކަމުން މިނިސްޓަރު މައުސޫމް ވަނީ ޅެންބައިތަކުން ދިވެހިންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

ވިދާޅުވީ 100 އިން ތިރި ކުރީތީ ޝުކުރު އަދާ ކުރައްވާ ކަމަށާއި އެހެންނަމަވެސް އަދިވެސް މިވަރުން އަތް ދޫކޮށްލެވެން ނެތް ކަމަށެވެ.

"ސައްތައަށްވުރެ ތިރިކުރީތީ ދަންނަވަމެ ޝުކުރާސަނާ! މިވަރަކުން އެހެނަސްނެތޭ ދޫކޮށްލެވޭކަށް އަތްދަށުން! ކޮށްލާށެހިއްވަރު އަދިދެތިން ހަފުތާއަކަށް ވަތަނަށްޓަކާ!" މިނިސްޓަރު މައުސޫމްގެ ޅެން ބައިތުގައި ވިދާޅުވިއެވެ.

ރާއްޖޭގެ ބޯޑަރު ތިން މަސް ދުވަހު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލީ މިދިޔަ ޖުލައި މަހުގެ 15ވަނަ ދުވަހުއެވެ. އޭގެފަހުން ކޮންމެ ދުވަހަކުވެސް ރާއްޖެ އަށް ފަތުރުވެރިން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ވަނީ މި މަހުގެ 20ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް 867 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ މަހުގެ 16ވަނަ ދުވަހުން ފެށިގެން މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ރާއްޖެ އަށް 12،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *