މިއަދު ޕޮޒިޓިވްވީ 54 މީހުން، 67 މީހުން ބަލިން ރަނގަޅުވި

ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކުރާ ފްރަންޓުލައިން ވޯކާއެއް ހުއްޓިލައިގެން: ފޮޓޯ / ހަތާވީސް

ރާއްޖެއިން މިއަދު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވަނީ 54 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވީ 30 ދިވެހީންނާއި 24 ބިދޭސީން ކަމަށެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު 9،939 އަށް ވަނީ އަރާފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދަނީ 1،301 މީހަކަށެވެ. ހޮސްޕިޓަލުގައި 87 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

އެޗްޕީއޭ އިން ބުނީ 54 މީހަކު ޕޮޒިޓިވްވިއިރު 67 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ބަލި ޖެހި ރަނގަޅުވި މީހުންގެ އަދަދު ވަނީ 8،597 އަށް އަރާފައެވެ.

މިބަލީގައި ރާއްޖެއިން 34 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *