މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި

ކުޅުދުއްފުށި ިސިޓީ: ފޮޓޯ / ރާއްޖެ އެމްވީ

ހދ. ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން އަކީ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން އާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އެރަށުގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ފުލުހުން ވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ ހައްޔަރުކުރި މީހާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު ކުޅުދުއްފުށި ބަނދަރު ސަރަހައްދުން ހަވީރު 16:35 އެހާކަށްހާއިރު ކަމަށެވެ. މި މައްސަލަ އިތުރަށް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *