އައިޖީއެމްއެޗު އިން އެއްލައްކަ ޕީސީއާރް ޓެސްޓް ހަދައިފި

ލެބް ޓެކްނީޝަނެއް ޓެސްޓުތަކެއް ހެދުމުގައި: ފޮޓޯ / ރާއްޖެ އެމްވީ

އައިޖީއެމްއެޗުން ކޮވިޑް19 ހުރިތޯ ބެލުމަށް އެއްލައްކަ ޕީސީއާރް ޓެސްޓް ހަދައިފިއެވެ.

އައިޖީއެމްއެޗުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ހޮސްޕިޓަލުން ކޮވިޑުގެ ޕީސީއާރު ޓެސްޓުކުރަން ފަށާފައިވަނީ ފެބުރުއަރީ 29 ވަނަ ދުވަހު ކަމަށާއި މާޗު ހަތްވަނަ ދުވަހު ރާއްޖެއިން ކޮވިޑް 19ގެ ފުރަތަމަ ކޭސް ފެނުނު ހިސާބުން ފެށިގެން، އެ ހޮސްޕިޓަލުގެ ލެބޯރެޓަރީން 24 ގަޑިއިރު މެދުނުކެނޑި ކޮވިޑް ޕީސީއާރު ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އެ ހޮސްޕިޓަލުން ޕީސީއާރު ޓެސްޓުކުރަން ފެށީ އެންމެ ތިން މުވައްޒަފުން ހިމެނޭ ޓީމަކުން ކަމަށާއި ނަމަވެސް ކޮވިޑުގެ ކޭސްތައް އިތުރުވާން ފެށުމުން އެ ޓީމުގައި ހިމެނޭ މުވައްޒަފުންގެ އަދަދު އިރުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެގޮތުން ކޮވިޑް ޕީސީއާރު ޓެސްޓު ހެދުމުގައި މިހާރު 22 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ، އެ ހޮސްޕިޓަލުގެ ލެބުގެ ކެޕޭސިޓީއަކީ ކޮންމެ 24 ގަޑިއިރަކު 1500 ޕީސީއާރު ޓެސްޓު ކަމަށެވެ. އަދި މިއީ ސާމްޕަލް އެކްސްޓްރެކްޓު ކުރުމުގައި ޒަމާނީ މެޝިންތަކާއި ޕީސީއާރު މެޝިންތައް އަދި ހަމައެހެންމެ އިތުރު މުވައްޒަފުން ތަމްރީނު ކުރުމުގެ ނަތީޖާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *