މިއަދު ޕޮޒިޓިވްވީ 48 މީހުން، ރަނގަޅުވީވެސް 48 މީހުން

ހުޅުމާލެ މެޑިކަލް ފެސިލިޓީ: ކޮވިޑްޖެހިގެން ފަރުވާ ދެމުންދާ އަދަދަކީ 116-- ފޮޓޯ/ ޕީއެސްއެމް

ރާއްޖެއިން މިއަދު ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 48 ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 28 ދިވެހިންނާއި 22 ބިދޭސީން ކަމަށެވެ. މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 9،818 އަށް އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 1،340 ކަމަށެވެ. ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 8،438 އަށް ވަނީ އަރާފައެވެ. މިބަލި ޖެހިގެން ހޮސްޕިޓަލުގައި މިވަގުތު ފަރުވާ ދެމުން ދަނީ 92 މީހަކަށެވެ.

މިހާތަނަށް މިބަލީގައި 34 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *