މިދިޔަ 24 ގަޑިއިރު 700 ފަރާތެއް ކޮރޯނާއަށް ސްކްރީން ކޮށްފި

ދުނިޔޭގައި ހަލުވިކޮށް މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ޖެހިފައިވޭތޯ ބެލުމަށް ކުރިޔަށް ގެންދާ ސްކްރީނިންގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 700 ފަރާތެއް ސްކްރީން ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

މިރޭ ހެލްތް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެ އެތެރެވާ ހުރިހާ ފަރާތްތަކުންވެސް އެތެރެވަނީ ސްކްރީން ކުރެވިގެން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަހަށް އަހުލުވެރި ކުރުވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެށިގެން އެ ބަލީގެ މައުލޫމާތު ދިނުމުުގެ ހަރަކާތެއް ރޭވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މައުލޫމަތު ޝެޝަންތައް ކުރިއަށް ގެންދާނީ، އެ އަތޮޅެއްގެ އަތޮޅު ހޮސްޕިޓަލުންނާއި މިނިސްޓްރީގެ އޮފިޝަލުން ރަށްރަށަށް ފޮނުވައިގެން ކަމަށެވެ.

ދުނިޔޭގެ 20 އަށް ވުރެ ގިނަ ގައުމުތަކުން މި ވައިރަސް ފެނިފައިވީ ނަމަވެސް، އަދި މިހާތަނަށް ރާއްޖެއިން މި ބަލި ފެނިފައެެއް ނުވެއެވެ. ރާއްޖެއިން މި ބައްޔަށް ޝައްކު ކުރެވުނު ތިން މީހުންވެސް މި ބައްޔަށް ޕޮޒިޓިވް ނޫންކަން ވަނީ ދައްކާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.