އެސްޓީއޯގެ އޮންލައިން ފިހާރައިން ވިޔަފާރި ކޮށްގެން އަގުބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު

އެސްޓީއޯގެ އީސްޓޯރ އިން ފަށާފައިވާ ޝޮޕް އެންޑް ވިން ޕްރޮމޯޝަންގެ ޕޯސްޓަރެއް --

ކޮވިޑް19 އާއި ގުޅިގެން އެސްޓީއޯ އިން ގާއިމްކުރި އޮންލައިން ފިހާރަ "އީ ސްޓޯރ" އިން ވިޔަފާރި ކޮށްލައިގެން އަގުބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯ އިން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ އީ ސްޓޯރ އިން ވިޔަފާރި ކޮށްގެން އަގުބޮޑެތި އިނާމުތަކެއް ކަސްޓަމަރުން ލިބޭ ޝޮޕް އެންޑް ވިން ޕްރޮމޯޝަން އެއް ހުޅުވާލާފައިވާ ކަމަށެވެ.

މިފަދަ ޕްރޮމޯޝަންތަކުގައި މީގެކުރިންވެސް އަގުބޮޑެތި އިނާމުތައް ކަސްޓަމަރުންނަށް ދީފައިވާ އެސްޓީއޯ އިން މި ޕްރޮމޯޝަން އިން އެއްވަނަ އަށް ހޮވޭ ފަރާތަކަށް ހިޓާޗީ ބްރޭންޑުގެ 65 އިންޗީގެ ލެޑް ޓީވީ އަކާއި ހަމަ އެ ބްރޭންޑުގެ އައިސަލަމާރިއެއް ލިބޭނެއެވެ. ދެވަނަ އަށް ހޮވޭ ނަސީބުވެރިޔަކަށް ހިޓާޗީ ބްރޭންޑުގެ ފްރަންޓު ލޯޑު ދޮންނަ މެޝިނަކާއި ފިލިޕްސް ބްރޭންޑުގެ ސައުންޑު ބާއެއް ލިބިގެން ދާނެއެވެ. ތިންވަނަ އަށް ހޮވޭ ނަސީބުވެރި ފަރާތަކަށް ފްލިޕްސް ބްރޭންޑުގެ ބްލެންޑާ އަކާއި ހަމަ އެ ބްރޭންޑުގެ ޓޯސްޓަރަކާއި ސޭންޑްވިޗު މޭކަރެއްގެ އިތުރުން ސެންފޯޑް ބްރޭންޑުގެ އައިސް ކުކަރަކާއި 9000 ބީޓީޔޫ ހިޓާޗީ ބްރޭންޑުގެ އެއާ ކޮންޑިޝަނެއް ލިބިގެން ދާނެއެވެ.

އެ ޕްރޮމޯޝަން މި މަހުގެ 15ވަނަ ދުވަހު ފަށާފައިވާއިރު އެސްޓީއޯ އިން ބުނީ އަންނަ މަހުގެ 15ވަނަ ދުވަހާ ހަމައަށް ޕްރޮމޯޝަން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެސްޓީއޯ އިން އީ ސްޓޯރުގެ ހިދުމަތް ފެށީ ކޮވިޑާ ގުޅިގެން އިޖުތިމާއީ ގައިދުރުކަން ޕްރޮމޯޓުކޮށް ފިހާރައަށް ނުގޮސް ގޭގައި ތިބެގެން ވިޔަފާރި ކުރެވޭނެ ގޮތް ތަނަވަސް ކުރުމަށެވެ. މާލެ ސަރަހައްދުން ކޮވިޑް19 ފެނި މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއެކު އެންމެ ބާރުބޮޑުވީ އެސްޓީއޯގެ އީ ސްޓޯރަށެވެ.

Leave a Reply

Your email address will not be published. Required fields are marked *