މަސްވެރިންނަށް ވިއްކާ ޑީސަލްގެ އަގު މިފްކޯ އިން ހެޔޮކޮށްފި

މަސްވެރިންތަކެއް މަސް ބާނަނީ: ފޮޓޯ / ދިވެހި މަސްވެރިން

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ.

މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ސޮއިކުރައްވައި އެ ކުންފުނިން އޮޕަރޭޓުކުރާ ފިޝަރީޒް ކޮމްޕްލެކްސްތަކަށް ފޮނުވި މެމޯއެއްގައި ވިދާޅުވީ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް 8 ރުފިޔާ 65 ލާރިއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 7 ރުފިޔާ 33 ލާރިއަށް ކަމަށެވެ.

އެ މެމޯގައި މިފްކޯގެ ސީއީއޯ ވަނީ މާދަމާ އިން ފެށިގެން ތެޔޮވިއްކާ އަގަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.. މީގެ ކުރިން މިފްކޯ އިން މަސްވެރިންނަށް ޑީސަލް ވިއްކީ ލީޓަރެއް 8.65 ރުފިޔާއަށެވެ.

މިފްކޯ އިން އަންނަނީ މަސްވެރިން ބާނާ މަހަށް ހަމަ އަގު ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އެ ކުންފުނިން މިހާރު ވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާތަކުގެ ބާކީ ފައިސާތައް ދީ ހަލާސްވެސް ކޮށްފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.