ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

އެމްއެންޑީއެފް ކޯސްޓް ގާޑް/ ފޮޓޯ- އެމްއެންޑީއެފް

މާލޭގެ ވެސްޓްޕާކު ސަރަހައްދަށް ސްނޯކްލިން އަށް ދިޔަ ދިވެއްސަކު ގެއްލިގެން ހޯދަމުން ދިޔަ މީހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހެނދުނު 11:00 ހާއިރު ސްނޯކްލިން އަށް އެކަނި ގޮސް އުޅެނިކޮށް ހަބަރެއް ނުވެގެން ހޯދަމުން އަންނަނީ މ.ބޮއިލިން ފިޝް، އުމުރުން 24 އަހަރުގެ ސަފްވާން ރަޝީދު ކަމަށެވެ.

އޭނާ ހޯދުމަށް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑުގެ ސްކޮޑްރަންގެ ޑައިވަރުން ވަނީ ހަރަކާތްތެރިވެފައެވެ. އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައި ވަނީ މިއަދު ހަވީރު 16:36 ހާއިރުއެވެ.

އެމްއެންޑީއެފް އިން ބުނީ އެ ޒުވާނާގެ ހަށިގަނޑު އެ ސަރަހައްދުން މޫދު އަޑީގައި އޮއްވައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ހަށިގަނޑު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

Leave a Reply

Your email address will not be published. Required fields are marked *