މައުމޫންގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅާ ދިޔަ ދުވަހަކީ އީވާން ނަސީމް މަރާލި ދުވަސް: ނަޝީދު

ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫން ޖަލްސާއެއްގައި --

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނިޔާވެރިކަން ހައްދު ފަހަނަ އަޅާ ދިޔަ ދުވަހަކީ މާފުށީ ޖަލުގައި އީވާން ނަސީމް މަރާލި ދުވަސް ކަމަށް ކުރީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އީވާން ނަސީމްގެ މަރުގެ ހަނދާނުގައި ނަޝީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ މިއަދަކީ ރައީސް މައުމޫންގެ ވެރިކަމުގައި އަނިޔާވެރިކަން ހައްދު ފަނައަޅާ ގޮސްފައިވާކަން އެންމެ ބޮޑަށް ފާހަގަވެގެން ދިޔަ ދުވަސް ކަމަށެވެ. މިއަދަކީ އަނިޔާއާ ދެކޮޅަށް ދިވެހިން ތެދުވެ، ރާއްޖެ ބަދަލު ކުރަން ނިންމައި ނުކުތް ދުވަސް ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"ޖަލުގައި އީވާން ނަސީމް ގައިގައި ތަޅައި މަރާލި ދުވަސް" ނަޝީދު ވިދާޅުވިއެވެ.

އީވާން ނަސީމް މާރާލާފައިވަނީ ސެޕްޓެމްބަރު 2003ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19ވަނަ ދުވަހުއެވެ. އެއީ ރައީސް މައުމޫންގެ ވެރިިކަމުގައި އެފަދަ ގޮތަކަށް ހިނގި ފުރަތަމަ ހާދިސާއެވެ. އޭނާ މަރުވީ ޖަލުގައި އަނިޔާކޮށްގެންނެވެ. ގިނަބަޔަކު އެ ދުވަސް ސިފަ ކުރަނީ ރައީސް މައުމޫންގެ ވެރިކަމުގައި "ސިއްކަ" ޖެހުނު ދުވަހުގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *