ސިޑި ކައިރީގައި ހުރި ސައިކަލުގައި ސްޓިކާ ޖެހި ސަބަބުން ފުލުހުން ސާފުކޮށްދީފި

ސިޑި ކައިރީގައި ހުރި ސައިކަލުގައި ސްޓިކާ ޖަހަނީ --

ހުޅުމާލޭގެ ފްލެޓެއްގެ ސިނޑި ކައިރީ ޕާކުކޮށްފައި ހުރި ސައިކަލެއްގައި ފުލުހުންގެ ސްޓިކާ ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އާންމުވެ ފުލުހުންނަށް ފާޑުކިޔުން އަމާޒުވުމުން އެ ސައިކަލުގައި ސްޓިކާ ޖެހި ސަބަބުން ފުލުހުން ސާފުކޮށްދީފިއެވެ.

ފުލުހުން މިއަދު ބުނީ އެއީ ހުޅުމާލެ ސޯޝަލް ހައުސިން ފްލެޓެއްގެ ސިޑި ކައިރީގައި އަރައި ފައިވާ މީހުންނަށް ދަތިވާ ގޮތަށް ބަހައްޓާފައި ހުރި ސައިކަލެއް ކަމަށެވެ. އަދި އެއީ ވަކި އެޕާޓްމަންޓަކަށް ނިސްބަތް ނުވާ ގޮތަށް އެ ބިލްޑިންގެ އެންމެން ބޭނުންކުރަން އޮންނަ ތަނެއް ކަމަށާއި އެތަނުގައި ޕާކުކުރުމަކީ މަނާ ކަމެއް ކަމަށް އެޗްޑީސީން އޮންނާނީ އެތަނުގައި އުޅޭ މީހުންނަށް އަންގާފައި ކަމަށް ފުލުހުން ބުނެއެވެ.

އަދި ފިޔަވަޅު އަޅަމުން ދަނީ ވެސް ހުރިހާ ފްލެޓެއްގެ މީހުންނަށް ވެސް އެތަނުގައި ޕާކު ނުކުރުމަށް އެންގުމަށްފަހު ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެތަނަކީ ފްލެޓަށް ވަންނަން އޮންނަ ވޯކްވޭ ކަމަށާއި އެތަނުގެ ތިރީގައި ފްލެޓު ބޭނުން ކުރާ މީހުން ޕާކުކޮށް އެއްޗެހި ބެހެއްޓުމުން ފްލެޓުތަކަށް އަރާ ފޭބުމަށް ދަތިވާތީ އެކަން އެގޮތަށް ނުކުރުމަށް މަނާ ކުރެވިފައިވާ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *