ކަނޑުމަތީގައި ދެ އެކްސިޑެންޓެއް ހިނގައިފި، އެކަކަށް އަނިޔާވެސް ވެއްޖެ

މިއަދު ހިނގި އެކްސިޑެންޓުގައި ފެރީއަކަށް ވަރަށް ބޮޑަށް ގެއްލުންވެފައި --

ކަނޑުމަތީގައި މިއަދު ދެ އެކްސިޑެންޓެއް ހިނގައިފިއެވެ.  މި އެކްސިޑެންޓުތަކުގެ ތެރެއިން އެއް އެކްސިޑެންޓުގައި މީހަކަށްވެސް ވަނީ އަނިޔާވެފައެވެ.

ފުރަތަމަ އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުލެ ފެރީއަކާއި ދިއްފުއްޓަށް ދަތުރުކުރާ ލޯންޗެއް ޖެހިގެންނެވެ. ފުލުހުން ބުނީ އެހާދިސާ ހިނގާފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށާއި އެހާދިސާގައި ލޯންޗްގައި އިން އެކަކަށް އަނިޔާވެފައި ވާ ކަމަށެވެ. އެމީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައެވެ.

ފުލުހުން ބުނީ ވިލިމާލެ ފެރީއަކާއި ވިލާ ގޭސް ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގާފައި ވާކަމުގެ މައުލޫމާތު މިރޭ 19:24 ހާއިރު ލިބިފައިވާ ކަމަށެވެ. އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ދެ ހާދިސާގައިވެސް އުޅަނދު ދުއްވަންް ތިބި ފަރާތްތަކަކީ ކަނޑު އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ފަރާތްތަކެއް ކަމަށް ފުލުހުން ބުންޏެވެ. އަދި މި ދެހާދިސާވެސް ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *