އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނާއިބު ކަމުން ޝުއައިބު އެއްފަރާތް ކޮށްފި

ޝުއައިބު (ކ) އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އަތުގައި ހިފައިގެން: ފޮޓޯ / ޝުއައިބު ޓްވީޓާ

ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނާއިބު މުގައްރިރު ކަމުން ޝުއައިބު އަލީ އެއްފަރާތް ކޮށްފިއެވެ.

އެމްޑީޕީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ފިޔަވަޅުއަޅާ ކޮމެޓީއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާ ގުޅިގެން، ކޮމެޓީގެ ނައިބު މުގައްރިރު ކަމުންނާއި ކޮމެޓީގެ މެމްބަރުކަމުން ޝުޢައިބު ޢަލީ (ފުރަހަނި) އެކޮމެޓީން އެއްފަރާތް ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނާއިބު ކަމުންނާއި މެންބަރުކަމުން ޝުއައިބު އެއްފަރާތް ކޮށްފައިވާއިރު އޭނާ ވަނީ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ސިޓީއެއް ފޮނުވާފައެވެ. ނަމަވެސް އެ ސިޓީގެ ޖަވާބުގައި ހަސަން ލަތީފު ޝުއައިބަށް ފޮނުވި ސިޓީއާ ގުޅިގެން އެކަމާ ހިތްހަމަ ނުޖެހުމުން ހަސަން ލަތީފް މަގާމުން ދުރު ކޮށްދިނުމަށް އެދި ޝުއައިބުގެ ސިޓީ އެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަނީ ފޮނުވާފައެވެ.

އެގޮތުން ޝުއައިބުގެ ސިޓީގައި ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދުގައި ޕާޓީގެ އެންމެ އިސް ފަރާތަކީ އެވަގުތަކު ރާއްޖޭގެ ރައީސްކަން ކުރައްވާ ފަރާތްކަން ހަސަން ލަތީފް ގަބޫލުނުކުރައްވާ ކަމަށާއި މިކަމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމެނޭން ބަޣާވާތެއް ކަމަށް ދެކޭ ކަމަށެވެ.

އެހެންކަމުން ނުރައްކާތެރި ކޮވިޑްގެ ހާލަތާއި، ސަރުކާރާ ރައީސް ސޯލިހާއި މެދު ދޮގު ވާހަކަތައް ފަތުރަމުންދާ ވަގުތެއްގައި ޕާޓީގެ އަސާސީ ގަވާއިދުގެ 75 ވަނަ މާއްދާގައި މުތުލަޤަށް ބަޔާންކުރާ ޕާޓީގެ އިސް ލީޑަރު ނަފީކޮށް އެހެން މާއްދާއަކަށް ރިއާޔަތްކޮށް ޕާޓީގެ އިސް ލީޑަރުގެ ނަފްސު އޮޅުވާލުމުން މިހާރުން މިހާރަށް ހަސަން ލަތީފް މަގާމުން ދުރުކޮށް ދެއްވުމަށް ރައީސް ސޯލިހުގެ އަރިހުން މި ސިޓީގައި ވަނީ އެދިފައެވެ.

އިރެއްގައި ކިތަންމެ އިހުލާސްތެރި މީހެއް ކަމުގައިވިޔަސް އިންސާނުންނަކީ ހާލަތާއި ވަގުތާއި ގުޅޭގޮތުން ނިޔަތް ބަދަލުވާ ބައެއްކަން އިނގޭ ހިދު އެފަދަ ޣައްދާރު އަމަލުތަކުން އެމްޑީޕީގެ ކޮންގްރެސް އިން ފާސްކޮށްފައިވާ އަސާސީ ގަވާއިދުގައި ބުނެފައިވާ މާއްދާތަކަށް ފުރިހަމަ އަށް ތަބާވެގެން މެނުވީ 2023 ގައި އެމްޑީޕީ އަށް ކުރިމަގު ލިބޭނެ ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށް ޝުއައިބުގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *