ކުރިޔަށް އޮތް ދެ ހަފްތާވެސް މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭނީ އޮންލައިންކޮށް

ހުރަވީ ސްކޫލު ކުދިންތަކެއް --

މާލެ ސަރަހައްދުގެ ސްކޫލުތަކުގައި ކުރިޔަށް އޮތް ދެ ހަފްތާ ވެސް އޮންލައިންކޮށް ކިޔަވައި ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި މިއަދު ބުނީ ކޮވިޑް19 ގެ ހާލަތަށް ރިއާޔަތްކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާގުޅޭ އިދާރާތަކުގެ ލަފާގެ މަތިން، މާލޭ ސިޓީގެ ސްކޫލްތަކުގައި ކުރިއަށްއޮތް ދެ ހަފްތާ ކިޔަވައިދިނުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

"މި ނިންމުން ދެ ހަފްތާ ފަހުން މުރާޖައާ ކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކާ ދަންނަވަން." އެޑިއުކޭޝަން އިން ބުންޏެވެ.

ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ހުރިހާ ސްކޫލުތައް މިދިޔަ މާޗު މަހުގެ 12ވަނަ ދުވަހު ވަނީ ބަންދުކޮށްފައެވެ. އޭގެފަހުން ދަރިވަރުންގެ ފިލާވަޅުތައް ނަގައިދެމުން ދިޔައީ ޓެލެކިލާސް މެދުވެރިކޮށެވެ. އޭގެފަހުން މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ޓެލެކިލާސްތައް ވެސް މެދުކަނޑާލިއެވެ. ނަމަވެސް ފަހުން ޓެލެކިލާސްތައް އަލުން ފެށިއެެވެ.

އޮންލައިންކޮށް ކިޔެވުން ކުރިއަށް ނިންމި ނަމަވެސް މިހާލަތުން ގްރޭޑް 11 އަދި 12 އިގެ ދަރިވަރުން އިސްތިސްނާ ވާނެއެވެ. އެއީ އެ ކުދިންގެ އޭލެވެލް އިމްތިހާނުތަކަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުންނެވެ. އެ ގްރޭޑްތަކުގެ ދަރިވަރުން މިހާރުވެސް ސްކޫލަށް ގޮސް ކިޔަވަމުންދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *