ޗައިނާ މީހާއަށް ފަރުވާ ދެނީ ކޮރޯނާއަށް ޝައްކުވާތީއެއް ނޫން

އައިޖީއެމްއެޗް-

ޗައިނާގެ މާބަނޑު އަންހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނީ ކޮރޯނާއަށް ޝައްކުކުރެވިގެން ނޫންކަމަށް ސަރުކާރުން ބުނެފިއެވެ.

ކޮރޯނާވައިރަސްއާ ބެހޭ މައުލޫމާތު މީޑިއާއާ ހިއްސާ ކުރުމަށް ރައީސް އޮފީހުން ހަދާފައިވާ ވަޓްސްއެޕް ގްރޫޕްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކަމާ ގުޅޭ އިސް އޮފިޝަލަކު ވިދާޅުވީ، ފަރުވާދެމުން އަންނަނީ މާބަނޑުވުމާ ގުޅިގެން ކުރިމަތިވި މައްސަލައަކަށް ކަަމަށާއި ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވިގެން ނޫން ކަމަށެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާން ސިޓީއިން އުފެދި، ޗައިނާއާއި ދުނިޔޭގެ އެކި ހިސާބުތަކަށް ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަހުގެ އަސަރުކޮށްގެން ޗައިނާއިން މަރުވި މީހުންގެ އަދަދުވަނީ މިހާރު 250 އަށްވުރެ މައްޗަށް އަރާފައެވެ. އަދި މި ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު ގާތްގަނޑަކަށް 12،000 އަށް ވަނީ އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *