ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑުކޮށްފި

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ކުރީގެ މިނިސްޓަރު އަލީ ވަހީދާ ސަލާމް ކުރައްވަނީ ---

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ އައިޝަތު ސޫޒަން ހަނީފް ސަސްޕެންޑު ކުރަން ސިވިލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސޫޒަން ސަސްޕެންޑު ކުރަން ނިންމާފައި ވަނީ މުސާރަ ލިބޭ ގޮތަށެވެ. ސޫޒަން ސަސްޕެންޑު ކުރީ މިއަދު ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ.

ސީއެސްސީން މިއަދު ބުނީ ސޫޒަން ސަސްޕެންޑު ކުރީ އޭނާއާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށާއި، ސީއެސްސީގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީގައި ހިންގި ހާއްސަ އޮޑިޓު ރިޕޯޓުން ފާހަގަކުރެވުނު ކަންތައްތަކާ ގުޅިގެން އިދާރީ ގޮތުން ބަލަންޖެހޭ މައްސަލަތަ ބަލައި ނިމެެންދެން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް ސަސްޕެންޑު ކޮށްފައިވާއިރު އެ މިނިސްޓްރީން ކޮވިޑާއި ގުޅިގެން ކޮށްފައިވާ ހަރަދުތަކާއި ގުޅޭ ގޮތުން ވަނީ ގިނަ މައްސަލަތަކެއް ފެންމަތިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *