ޕޮޒިޓިވް އަދަދު ފަސް ޕަސެންޓަށް ދަށްވެގެން ނޫނީ މާލޭގެ ގެސްޓު ހައުސްތައް ހުޅުވޭކަށް ނެތް

ޓޫރިޒަމް މިނިސްޓަރު މައުސޫމް: މަގާމަށް ވަޑައިގެންނެވިއިރު ހުންނެވީ ކުންފުންޏެއްގެ އެމްޑީއެއްގެ މަގާމުގައި

މާލެ ސަރަހައްދުގެ ގެސްޓު ހައުސްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް ހުޅުވެން އޮތީ ކޮވިޑް19 އަށް ޓެސްޓު ކުރާ މީހުންގެ ތެރެއިން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަސް ޕަސެންޓު ދަަށް ކުރެވިގެން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގެ ހޮޓެލްތަކާއި ގެސްޓްހައުސްތައް ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވޭވަރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ބޭނުންވަނީ ޕޮޒިޓިވްވާ ޕަސެންޓޭޖު ފަހަކަށް ނާރުވާ ވިދިވިދިގެން ދެ ހަފްތާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ޔައުނީ ޓެސްޓު ކުރާ މީހުންގެ ނިސްބަތުން ފައްސި ޕަސެންޓޭޖު ފަހަކަށްވުރެ ދަށްވުން،" މިނިސްޓަރު ވިދާޅުވިއެވެ.

ނޮވެމްބަރު މަހުގެ ތެރޭގައި މާލޭގެ ގެސްޓު ހައުސްތައް ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަައިރު އަންނަ މަހުގެ 15ވަނަ ދުވަހު ރަށްރަށުގެ ގެސްޓު ހައުސްތައް ހުޅުވުމަށް މިހާރު ވަނީ ނިންމާފައެވެ.

ރާއްޖެއިން ޖުމްލަ 9،427 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު 7،903 މީހުން ވަނީ ބަލިން އެއްކޮށް ރަނގަޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *