މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތް މީހަކު މާލެއިން ހައްޔަރުކޮށްފި

ކޭފޭ އުސޫލުން މަސްތުވުމުގެ ހިދުމަތް ދެމުން ދިޔަ މ. ލޮނުމިދިލިގެ ފުލުހުން ބަލާ ފާސްކުރުމުގެ ތެރެއިން: ފޮޓޯ / ސަން

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު، މާލޭގެ ގެއެއް ބަލައި ފާސްކޮށް ހަތް މީހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން އަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިދިޔަ ހޯމަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އެ އޮޕަރޭޝަންގައި 19 އަހަރާއި 21 އަހަރާއި 22 އަހަރާއި 25 އަހަރާއި 27 އަހަރު އަދި 28 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެމީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އެމީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އެމީހުން ތިބި ގެ ބަލާ ފާސްކުރިއިރުއެވެ.

އެތަނުން ވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ފިލްމު ހުސްކުރި 42 ދަޅާއި 28 ރަބަރު ޕެކެޓާއި 216 ސެލޯފިންކޮޅާއި ޖޫސްޕެޓީ ކޮތަޅެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗަކާއި ދުންފަތް އަޅާފައިވާ ބިޑިއަކާއި މަނާ ބޭހުގެ 255 ގުޅަ އާއި ބަނގުރާ ފުޅި ފެނިފައި ކަމަށް ފުލުހުން ބުންޏެވެ.

މީގެއިތުރުން އެތަނުން 17،150 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

 

Leave a Reply

Your email address will not be published. Required fields are marked *