އިސްމާއީލް ޒަކަރިއްޔާގެ އާއިލާއަށް ރައީސް ތައުޒިޔާ ދަންނަވައިފި

ކުރީގެ މެންބަރު އިސްމާއީލް ޒަކަރިއްޔާ --

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އިސްމާއީލް ޒަކަރިއްޔާ އަވަހާރަވުމުން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އިސްމާއިލު ޒަކަރިއްޔާގެ ލޮބުވެތި އަނބިކަނބަލުން ފާޠިމަތު އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ ސިޓީފުޅުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން ފާތިމަތު އިބްރާހީމަށާއި، އިސްމާއިލް ޒަކަރިއްޔާގެ ބޭފުޅުންނަށާއި، އއިލާގެ މެންބަރުންނަށް ވަރަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، އަލްމަރްހޫމް އިސްމާއީލް ޒަކަރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެންބަރުކަން ގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވެފައި ވެއެވެ. އަދި ސަރުކާރަށްވެސް ދިގު މުއްދަތެއްގައި ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއްކަމާއި، ހާއްސަކޮށް، މިނިސްޓްރީ އޮފް ޔޫތު ޑިވެލޮޕްމަންޓް އެންޑް ސްޕޯޓްސްގަޔާއި، އެ މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ސެންޓާ ފޯ ސޯޝަލް އެޑިޔުކޭޝަންގެ އެކި މަގާމުތަކުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވާފައިވެއެވެ.

އިސްމާޢީލް ޒަކަރިއްޔާ އަވަހާރަވީ ކޮވިޑް19 ގެ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއްވުމަށްފަހު މިދިޔަ ހޯމަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *