ކަނޑައަޅާފައިވާ އަގަށްވުރެ އަގުބޮޑުކޮށް ތަކެތި ވިއްކި ފަރާތްތަކަށް ފިޔަވަޅު އަޅަން އަންގައިފި

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރެވުނު ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ޙާލުގައި ޖެހުނު ފަރާތްތަކުގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށް ދިންއިރު އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ކޮންޓްރޯލް އަގަށްވުރެ އަގު ބޮޑުކޮށް ތަކެތި ވިއްކި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް އަންގަވައިފިއެވެ.

ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުން ކުރެވުނު ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ޙާލުގައި ޖެހުނު ފަރާތްތަކުގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށް ދިންއިރު އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އަގަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ކާޑުގެ ބާވަތްތައް ވަނީ ވިއްކާފައެވެ. އަދި އެ އަގުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓު ސެންޓަރު (އެންޑީއެމްއޭ) އިން ވަނީ ތަކެތި ގަނެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އޮޑިޓާ ޖެނެރަލް އޮފީހުން އެކުލަވާލި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓު ރިޕޯޓުން ދައްކާ ގޮތުގައި 4.80 ރުފިޔާ އަށް ވިއްކުމަށް ކަނޑައަޅާފައިވާ ހަނޑޫ ކިލޯއެއް އެންޑީއެމްއޭ އިން 8 ރުފިޔާ އަށް ގެނެފައި އެބަހުއްޓެވެ. އަދި 16 ރުފިޔާ އަށް ހަކުރު ކިލޯއެއް ގަނެފައި އެބަހުއްޓެވެ. ސަރުކާރުން ހަކުރު ކިލޯއެއް ވިއްކުމަށް ކަނޑައަޅާފައިވަނީ 4.82 ލާރި އަށެވެ. ފުށް ކިލޯއެއް 3.80 ލާރިއަށް ވިއްކުމަށް ކަނޑައަޅާފައިވާއިރު އެންޑީއެމްއޭގެ އޮޑިޓުގައި ފުށް ކިލޯއެއް އެ އިދާރާއިން 8.48 ލާރިއަށް ގަނެފައި ހުރިކަން ވަނީ ހާމަވެފައެވެ.

މީގެއިތުރުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތި ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީން ގަނެފައިވާއިރު ،އެއިގެ ތެރެއިން ބައެއް ތަކެތި ގަނެފައި ވަނީ އެތަކެތި އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ. އެގޮތުން ބާޒާރުގައި 720 ރުފިޔާ އަށް މަސްދަޅު ކޭހެއް ލިބެން ހުންނައިރު 1،040 ރުފިޔާ އަށް މަސްދަޅު ކޭހެއް ގަނެފައިވާ ކަމަށް އޮޑިޓުގައިވެއެވެ. ތާޒާ ކަނޑުމަހުގެ ކިލޯއެއް 80 ރުފިޔާއަށް ބާޒާރުގައި ހުރިއިރު އެންޑީއެމްއޭ އިން ވަނީ ތާޒާ ކަނޑު މަހުގެ ކިލޯއެއް 128 އަށް ގަނެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *