އެމްޑީއެން ރިޕޯޓާއި ދެކޮޅަށް ހުޅުދުއްފާރު ކޯޓުގެ އިސް މެޖިސްޓްރޭޓު އަޑުއުފުލުމުން ފިޔަވަޅު އަޅައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން އަދި ޑީޖޭއޭ ހިންގަމުން އަންނަ އިމާރާތް --

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށާއި ކީރިތި ރަސޫލާ އަށް ބަދު ބަސް ބުނެ ނެރުނު ރިޕޯޓާއި ދެކޮޅަށް ރ. ހުޅުދުއްފާރު މެޖިސްޓްރޭޓު ކޯޓުގެ އިސް މެޖިސްޓްރޭޓު އަލީ މުސްތަފާ އަޑު އުފުލުމުން އެ މައްސަލާގައި އޭނާ އަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފިޔަވަޅު އަޅައިފިއެވެ.

ޖޭއެސްސީ އިން މިއަދު ބުނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 15ވަނަ ދުވަހު އެމްޑީއެންއާ ދެކޮޅަށް ހުޅުދުއްފާރުގައި ބޭއްވި ހަރަކާތެއްގައި އަލީ މުސްތަފާ ބައިވެރިވެފައިވާކަން ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން އަލީ މުސްތަފާ ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާ ކަމަށް ޖޭއެސްސީން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އަދި އެކަމުގެ ފިޔަވަޅެއްގެ ގޮތުގައި އިސް މެޖިސްޓްރޭޓު އަލީ މުސްތަފާ އަށް ނަސޭހަތް ދިނުމާއިއެކު އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ޖޭއެސްސީން ވަނީ އަންގާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *