ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލެއް އިމާރާތް ކުރަނީ

ހުޅުމާލެ ފޭސް އެކެއްގައި އިމާރާތް ކޮށްފައިވާ ރެހެނދި ސްކޫލު --

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތިން ސްކޫލެއް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން އެ ތިން ޕްރޮޖެކްޓުގެ ތެރެއިން ކޮންމެ ޕްރޮޖެކްޓެއްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 850،000 ރުފިޔާ (ނުވަތަ އެއާ އެއްވަރުގެ އަދަދެއް އެމެރިކާ ޑޮލަރުން) ދައްކަން ޖެހެ އެވެ. އެ ފައިސާ ދައްކަން ޖެހޭނީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހުގެ ތެރޭގަ އެވެ.

އަދި މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އުސޫލުގެ މަތިން ކަމަށް ބުނެފައިވެ އެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ފައިސާ ބަލައިގަންނާނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް – ބަނޑޭރި މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ 20 އޮކްޓޫބަރު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *