ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެ

ކުރިމަތި އައިލެންޑް ރިސޯޓް-

ކުރަމަތި ރިސޯޓް އެންޑް ސްޕާގައި ސްނޯކްލިންއަށް ދިޔަ ފަތުރުވެރިޔަކު މަރުވެއްޖެއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ފަތުރުވެރިޔަކު މަރުވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 17:00 ހާއިރުކަމަށެވެ. އަދި މަރުވެފައި ވަނީ ސްޕެއިނަށް ނިސްބަތްވާ 71 އަހަރުގެ ފިރިހެނަކު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިމީހާ ރާއްޖެއަށް އައިސްފައިވަނީ ޗުއްޓީ ހޭދަކުރުމަށްކަމަށްވެސް ފުލުހުން ބުނެއެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވާ ފަތުރުުވެރިންގެ އަދަދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.
އެފަދަ ހާދިސާތައް މަދުކުރުމަށް ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން ފިޔަވަޅު އެޅުމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ގޮވާލާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.