ރޭ އައްޑޫ އަށް ޖެއްސި އިންޑިއާ ފްލައިޓުން އައީ ސިފައިންނެއް ނޫން

ރޭ އައްޑޫ ގަން އެއާޕޯޓަށް ޖެއްސި އިންޑިއާ ފްލައިޓު: ފޮޓޯ / ސަން

ރޭ އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ޗާޓާޑް ފްލައިޓުން އައީ އިންޑިއާ ސިފައިން ނޫން ކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.

ރޭ އައްޑޫ ސިޓީ ގަމަށް ޖެއްސި ސްޕައިސް ޖެޓު ބޯޓުން ގަމަށް އައްޑޫ ސިފައިން އައިސްފައިވާ ކަމަށް ބުނެ އަޑުތަކެއް ފެތުރިގެން ދިޔައެވެ. ނަމަވެސް އައްޑޫ ސިޓީ ގަން އެއާޕޯޓުން ބުނީ އެ ބޯޓުން އައިސްފައި ވަނީ އައްޑޫގައި އިމާރާތް ކުރަމުން އަންނަ ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރާ ލޭބަރުން ކަމަށެވެ. އެ ފްލައިޓުން އިންޑިއާ ސިފައިންގެ އެއްވެސް މީހަކު އައިސްފައި ނުވާ ކަމަށްވެސް ބުންޏެވެ.

މިފަދަ އަޑުތަކެއް ފެތުރިފައި މިވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓު" މި ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިން އެއް ފަށާފައިވާ ވަގުތެއްގައެވެ.

އެފަރާތްތަކުން ބުނަމުން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން އެބަ ތިބި ކަމަށެވެ. އަދި އައްޑޫ ސިޓީގައި އިމާރާތް ކުރާ ޕޮލިސް އެކަޑަމީ އަކީ އިންޑިއާގެ އަސްކަރީ އިމާރާތެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ ފާޑު ކިޔަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *