ވަކީލަކު އައްޔަންކުރަން ދިން މުއްދަތު ހަމަވުމުން މާދަމާ އަދީބުގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފި

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ---

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުލަތުން އުފުލި ހަތް ދައުވާ ވެސް ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން އެ މައްސަލާގައި އަދީބަށް ވަކީލަކު ހަމަޖައްސަން ދިން 10 ދުވަހުގެ މުއްދަތު ހަމަވުމުން މާދަމާ އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފިއެވެ.

ހައިކޯޓުގައި އަދީބުގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައިވަނީ މާދަމާ މެންދުރުފަހު 14:00 އަށެވެ. އަޑުއެހުން އޮތީ ވީޑިއޯ ކޮންފަރެންސްކޮށެވެ. މި މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ މަހުގެ 27ވަނަ ދުވަހުއެވެ.

އެ ދުވަހުގެ ބައްދަލުވުމުގައި އަދީބު ވަނީ އޭނާގެ ސިއްހީ ހާލަތާ މެދުވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ. ފަނޑިޔާރުން ވިދާޅުވީ އެކަންކަން ދައުލަތުން ބަލާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އެމްއެމްޕީއާރްސީ މައްސަލަ އާއި ގުޅިގެން ދައުލަތާއި އެކު އަދީބު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އަދީބުގެ މައްޗަށް އިއްވާ ހުކުމްތައް ލުއި ވެގެން ދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *