ކޮވިޑުން ފަސޭހަފުޅުވެ ރައީސް މައުމޫން ގެއަށް ބަދަލުވެވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް -- ޑީއާރްޕީ އެންމެ ފުރަތަމަ އުފެއްދެވީ އެމަނިކުފާނު އިސްވެ ހުންނަވައިގެން --

ކޮވިޑް19 އަށް ޕޮޒިޓިވްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެ ބަލިން ފަސޭހަފުޅުވެ ގެއަށް ބަދަލުވެވަޑައިގެންފިއެވެ.

އުމުރުފުޅުން 82 އަހަރުގެ މައުމޫންއަށް ކޮވިޑް ޖެހިވަޑައިގެންނެވިކަން އިއުލާން ކުރެއްވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އެއީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ.

އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވްވުމުން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެއްވާފައެވެ.

ކޮވިޑުން ފަސޭހަފުޅުވެއްޖެކަން އިއުލާން ކުރައްވާ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ކޮވިޑް ބަލިން ޝިފާ ލިބިގެން ހެޔޮ ހާލުގައި އަޅުގަނޑު މިއަދު ދަރުމަވަންތަ ހޮސްޕިލުން ގެޔަށް އަތުވެއްޖައިން. އެކިއެކި ބަލިބަލި ތަޙަންމުލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަން" ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *