ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒު ކޮށްދިނުމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ފޮޓޯ / އަވަސް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އެކައުންޓުތައް ފްރީޒް ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން އެ ކޯތުން މާދަމާ އަށް ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ މާދަމާ އޮންނަ އަޑުއެހުމުގައި އޮންނާނީ ހުކުމް އިއްވުމެވެ. މި އަޑުއެހުން އޮތީ މާދަމާ ހެނދުނު 10:00 ގައެވެ. މި މައްސަލާގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 16ވަނަ ދުވަހުއެވެ. އޭރު މި މައްސަލަ ބަލަމުން ދިޔައީ ކުރީގެ ސުޕްރީމް ކޯޓުގެ ބެންޗުންނެވެ. އެ ދުވަހު މައްސަލަ ނިންމާލައްވަމުން އޭރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވަނީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

އެހެންކަމުން މާދަމާ އޮންނަ އަޑުއެހުމުގައި ހުކުމް ކޮށްފާނެވެސް މެއެވެ. އަދި ހުކުމް ނުކޮށްފާނެވެސްމެއެވެ. ހުކުމް ނުކުރާނެ ކަމަށް ބެލެވެނީ އެއީ މިހާރު އެ މައްސަލަ ބަލާނީ ފަހުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވި ބޭފުޅުންނާއެކުގައި ކަމަށް ވާތީއެވެ.

އެންމެ ފަހުން ބޭއްވި މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ ޔާމީންގެ ނަމުގައި ދެ ބޭންކެއްގައި ހުރި އެކައުންޓުތައް ފްރީޒް ކޮށްދިނުމަށް އެދިފައެވެ. އެއީ ބީއެމްއެލްއާ މޮރީޝިއަސް ބޭންކްގައި ހުޅުވާފައިވާ އެކައުންޓުތަކެކެވެ. އަދި އިސްލާމިކް ބޭންކްގެ އަށް އެކައުންޓް ފްރީޒު ކުރުން ހުއްޓުވި ހައިކޯޓުގެ ހުކުމް ބާތިލް ކުރަން ވެސް އެދުނެވެ. މީގެއިތުރަށް އިސްލާމިކް ބޭންކުގެ އަށް އެކައުންޓު ފްރީޒް ކުރުމަށް ކުރި އަމުރު ހައިކޯޓުން ބާތިލް ކޮށްފައިވާތީ ހައިކޯޓުގެ އެ ޙުކުމްވެސް ބާތިިލް ކޮށްދިނުމަށް ވަނީ ދަޢުލަތުން ވަނީ ސުޕްރީމް ކޯޓުގައި ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *