ކޮރޯނާ ވައިރަހަށް ވެކްސިނެއް ޓެސްޓު ކުރަން ފަށައިފި

ކޮމަން ވެލެތް ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޯގަނައިޒޭޝަން (ސީއެސްއައިއާރްއޯ) އިން ކޮރޯނާ ވައިރަހަށް ވެކްސިން ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮރޯނާ ވައިރަހަށް ޓެސްޓު ކުރުމަށް ކޮރޯނާ ވައިރިސްގެ ބޮޑު ބެޗެއް އުފައްދައި، އެ ވައިރަހަށް ފަރުވާ ހޯދޭނެ ވެކްސިނެއް ހެދުމުގެ މަސައްކަތްވަނީ ފަށާފައެވެ. އެކަމުގައި އުޅުއްވާ ސައިންޓިފިކް އެޖެންސީން ދަނީ ކުރިއަށް އޮތް 6 ހަފްތާ ތެރޭގަ އެކި ކަހަލަ ވެކްސިންތައް ބޭނުންކޮށްގެން ކޮރޯނާ ވައިރިސް ޖެހިފައިވާ ޖަނަވާރުންތަކަށް އެ ވެކްސިން ދީ ޓެސްޓު ކުރުމަށް ނިންމާފައެވެ.

މި ޓެސްޓުތައް ކުރަނީ މިކަމަށް ހާއްސަ އިންތިޒާމެއް ހަމަޖައްސާފައި ހުރި ލެބޯޓަރީއެއްގައެވެ. މެލްބޯންގެ ޑޮހާޓީ އިންސްޓިޓިއުޓުގެ ލެބޯޓަރީއެއްގައި،ސައިންސުވެރިން ވަނީ ކޮރޯނާ ވައިރަސް އުފައްދާފައެވެ. އަދި ލިބިގެންދިޔަ ކުރިއެރުމާއެކު، ސީއެސްއައިއާރްއޯ އަށް އެ ވައިރަހުގެ ވެކްސިން އުފެއްދުމަށް އިތުރު ކުރިއެރުމެއް ލިބިގެންދިޔައެވެ.

މި ޓެސްޓުތަކުން 3 ބާވަތެއްގެ ވެކްސިންއެއް އުފެއްދުމުގެ މަސައްކަތް ކުރާނެ އަދި އެ ވެކްސިނަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކުންވެސް މިހާރު އުފެއްދުމަށް މަސައްކަތް ކުރަމުންދާ ވެސްސިންތަކެކެވެ. އޭގެތެރެއިން އެއް ވެކްސިންއަކީ ޔުނިވާސިޓި އޮފް ކުއީން އައިލޭންޑުގެ ރިސާޗާސް ހެދުމަށް މަސައްކަތްކުރަ ވެކްސިންއެކެވެ. މި ޔުނިވާސިޓީއިން ލަފާކުރީ ރިސާޗާސް އުފައްދާ ވެކްސިން 6 މަސް ދުވަހު ތެރޭ ހެދޭނެ ކަމަށެވެ.

މި ޓެސްޓުތަކުގައި ބޭނުންކުރެވޭނީ "ފެރެޓް" ނަމަކަސް ކިޔާ ޖަނަވާރެކެވެ. ސައިންޓިސްޓުން ބުނާ ގޮތުގައި ޖަނަވާރުން ގެ ތެރެއިން ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވުމުގެ ޝައްކު ބޮޑީ ވެސް އެ ޖަނާވަރުގައެވެ.

މި ޖަނަވާރަކީ ސާސް ރޯގަ ދުނިޔޭގައި ފެތުރުނުއިރު ވެސް އެ ބައްޔަށް ވެކްސިން ހޯދުމަށްވެސް ޓެސްޓު ކުރެވުނު ޖަނަވާރެވެ. ޗައިނާގެ އިތުރުން  ސެލް ކަލްޗާއެއްގައި މި ވައިރަސް ގްރޯ ކޮށްފައިވަނީ ހަމައެކަނި އޮސްޓްރޭލިއާގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *