އިލެކްޝަނަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށް އިދިކޮޅުން ފަންޑު ފޮއްޓެއް ހުޅުވައިފި

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ފަންޑު ފޮއްޓަށް ފައިސާ ލަނީ ---

އިލެކްޝަންސް ކޮމިޝަން އިން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ޖޫރިމަނާ ކުރުމުން، އެ ފައިސާ ދެއްކުމަށް އިދިކޮޅު ކޯލިޝަނުން ފަންޑު ފޮއްޓެއް ހުޅުވައިފިއެވެ.

އިދިކޮޅު ކޯލިޝަން ޖޫރިމަނާ ކުރިކަން އިލެކްޝަންސް އިން ހާމަކުރީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ. އިދިކޮޅު ޖޫރިމަނާ ކުރި ސަބަބެއް ކަމަށް އިލެކްޝަންސް އިން ބުނީ  ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގައިޑްލައިންތަކާއި ތަކުރާރުކޮށް ހިލާފުވެފައިވާތީ ކަމަށެވެ.

އެހެންކަމުން އިލެކްޝަންސް އިން ވަނީ އިދިކޮޅު ކޯލިޝަން 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ނިންމައިފައެވެ.

އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ "ހައްގު ފޮށި" ގެ ނަމުގައި މިއަދު ހުޅުވި މި ފަންޑު ފޮއްޓަކީ ރައްޔިތުންގެ އެދުމުގެ މަތިން ހުޅުވި ފަންޑު ފޮއްޓެކެވެ. މިއީ އެއް މަސް ދުވަހުގެ މުއްދަތަށް ހުޅުވި ފަންޑު ފޮއްޓެއް ކަމަށާއި ޕީޕީއެމްގެ އޮފީސް ހުޅުވިފައި ހުންނަ ގަޑިތަކުގައި ފަންޑު ފޮއްޓައް ފައިސާ ހަދިޔާކުރުމުގެ ފުރުސަތު އާންމުންނަށް އޮންނާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

އަދި ބީއެމްއެލް އާއި ބޭންކް އޮފް ސިލޯންގައި ވެސް އެކައުންޓެއް ހުޅުވާފައިވާ ކަމަށާއި އެ އެކައުންޓުތަކަށް ޖަމާކުރާ ފައިސާއާ ބެހޭ މައުލޫމާތު ކޮންމެ ދުވަހަކު ވެސް ހާމަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކައުންޓުތަކަށް ފައިސާ ޖަމާކުރުމަށްފަހު ސްލިޕްކޮޅު 7218787 އަށް ވައިބާ ނުވަތަ ވަޓްސްއެޕް ކުރުމަށް އެ ކޯލިޝަނުން ވަނީ އެދިފައެވެ.

ފައިސާ ޖަމާކުރުމަށް: ބޭންކް އޮފް މޯލްޑިވްސް (7730000113564)، ބޭންކް އޮފް ސިލޯން (6320143736)

Leave a Reply

Your email address will not be published. Required fields are marked *