ސަން ސިޔާމްގެ ކުންފުނިތަކުގެ އެކައުންޓުތައް ފްރީޒުކުރަން އަމުރެއް ނެރެފި

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާިއރާގެ މެންބަރު އަހުމަދު ސިޔާމް (ސަންޓްރެވަލް ސިޔާމް) : ފޮޓޯ / މަޖިލިސް

މަޝްހޫރު ވިޔަފާރިވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް)ގެ ކުންފުނިތަކުގެ އެކައުންޓުތައް ފްރީޒު ކުރުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.

ސިވިލް ކޯޓުން އެގޮތަށް އަމުރު ނެރެފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަމުރު ނެރެފައި ވަނީ ހުކުމް ތަންފީޒު ކުރާ ޑިވިޝަނުންނެވެ. ސިވިލް ކޯޓުން ސަން ސިޔާމްގެ ކުންފުނިތަކުގެ އެކައުންޓުތައް ފްރީޒު ކުރަން އަމުރު ނެރުނީ ހިލްޓަން އިން އެގޮތަށް އެދުމުންނެވެ.

ސިވިލް ކޯޓުން މިފަދަ އަމުރެއް ނެރެފައިވާއިރު ސަން ޓްރެވަލްސް އިން ނ. އިރުފުށި ރިސޯޓް ހިންގުމުގެ އެއްބަސްވުން ބާތިލް ކުރުމުން ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދެއްކުމަށް ސިންގަޕޫރު އާބިޓްރޭޝަން އިން ވަނީ ހުކުމެއް ކޮށްފައެވެ.

ނަމަވެސް ހުކުމާ އެއްގޮތަށް ސިޔާމްގެ ކުންފުނިން ފައިސާ ނުދައްކާތީ ހިލްޓަން އިން ވަނީ ރާއްޖޭގެ ކޯޓުތަކަށް މައްސަލަ ހުށަހަޅާފައެވެ. އެގޮތަށް ހުށަހަޅާފައި ވަނިކޮށް 2017ވަނަ އަހަރު ސިވިލް ކޯޓުން ވަނީ ސިޔާމްގެ ކުންފުންޏަށް 16 މިލިއަން ޑޮލަރު ދިނުމަށް ހުކުމްކުރިއެވެ.

ފަހުން އެ ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *