ލަންކާއިން ކޮރޯނާ ޖެހުނު މީހާ ބަލިން ރަގަޅު ވެއްޖެ

ލަންކާގައި ކޮރޯނާ ވައރިސް ފެތުރިފައި/ ފޮޓޯ: އޭޝިއަން ރިވިއު

ލަންކާ އިން ފެނުނު ކޮރޯނާވައިރަސް ޖެހިފައިވާ މީހާ ފަރުވާއަށްފަހު އެބަލިން ރަނގަޅުވެއްޖެ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ލަންކާގެ ހެލްތް މިނިސްޓްރީން ބުނީ، ކޮރޯނަ ވައިރިސް ފެނިފައިވަނީ ޗައިނާގެ ހޫބޭއި ޕްރޮވިންސުން ލަންކާ އަށް އައި ޗައިނާގެ އުމުރުން 43 އަހަރުގެ އަންހެނެއްގެ ގައިން ކަމަށެވެ.

މިކަމާއި ގުޅިގެން ލަންކާގެ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސް ޑރ. އަނިލް ޖާސިންގް ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު އޭނާގެ ގައިން އެ ވައިރަސް ފެނިފައިނުވާ ކަމަށާއި އޭނާ އެބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. އަދި މާދަމާގެ ވަގުތެއްގައި އޭނާ ހޮސްޕިޓަލުން ދޫކޮށްލާނެ ކަމަށްވެސް އަނިލް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވައިރަސް ފެނުނު އަންހެން މީހާގެ ފިރިމީހާ އަދި އަދި އޭނާ ހުރި ހޮޓެލްގެ ސްޓާފުންނަށް ވެސް ވައިރަސްއާ ކޮންޓެކްޓު ވެފައިނުވާ ކަމަށެވެ.

ކޮރޯނާ ވައިރަހުގައި މިހާތަނަށް ޗައިނާ އިން 259 މީހުން މަރުވެފައިވާއިރު، މި ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 11،000 އަށްވުރެ މައްޗަށް އަރާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.