މިއަދު 93 މީހަކު ޕޮޒިޓިވްވި

ކޮވިޑް19 އާއި ދެކޮޅަށް މަސައްކަތް ކުރާ ފްރަންޓުލައިން ވޯކާއެއް ހުއްޓިލައިގެން: ފޮޓޯ / ހަތާވީސް

ރާއްޖެއިން މިއަދު 93 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި 67 ދިވެހިންނާއި 26 ބިދޭސީން ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ޖުމްލަ 8،834 އަށް ވަނީ އަރާފައެވެ.

އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުން 86 މީހަކަށް ކޮވިޑް ޖެހުނު ކަމަށެވެ. އަދި މީހުން ދިރިއުޅޭ ހަތް ރަށަކާއި ރިސޯޓުން ވެސް ކޮވިޑްގެ ބަލި މީހުން ފެނިފައިވާ ކަމަށެވެ.

މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އުޅެނީ 2،509 ގައެވެ. މިހާތަނަށް ރާއްޖެއިން 31 މީހަކު މިބަލީގައި ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *