ކުޅުދުއްފުށިން މަރުވި މީހާއަކީ ކޮވިޑް މަރެއް ކަމަށް ނިންމައިފި

ކުޅުދުއްފުށި ިސިޓީ: ފޮޓޯ / ރާއްޖެ އެމްވީ

ހދ. ކުޅުދުއްފުށީގައި ކަރަންޓީނުގައި ހުއްޓާ މަރުވި މީހަކީ ކޮވިޑް19 ޖެހިގެން މަރުވި މީހެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެހެންކަމުން މިއީ ރާއްޖެއިން މިބަލީގައި މަރުވި 31ވަނަ މީހާއެވެ. މިއަދު އިރުއޮއްސުނު އިރުވެސް 60 އަހަރުގެ މީހަކު ވަނީ މަރުވެފައެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހެކެވެ.

ކުޅުދުއްފުށިން މަރުވި މީހާ އަކީ ހއ. ކެލާ އިން ކުޅުދުއްފުއްޓަށް ދިޔަ މީހެކެވެ. އުމުރުން 58 އަހަރުގެ އެމީހާގެ ހާލަތު ގޯސްވެގެން ކުޅުދުއްފުއްޓަށް ގެންދިޔައީއެވެ. އޭނާ ކުޅުދުއްފުއްޓަށް ގެންދިޔައީ އިއްޔެ ހެނދުނުގެ ވަގުތެއްގައެވެ.

އެމީހާ އަކީ ކެންސަރު ބައްޔަށް އިންޑިއާ އިން ފަރުވާ ހޯދުމަށް ފަހު އެނބުރި ރާއްޖެ އައިސްފައިވާ މީހެކެވެ. ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު 8.741 މީހުންނަށް ވަނީ އަރާފައެވެ. މިހާތަނަށް މުޅި ޖުމްލަ 6،157 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލި ޖެހިގެން މިހާރު ފަރުވާ ދެމުން ދަނީ 2،549 މީހަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *