ކޮވިޑް ޖެހިގެން ރާއްޖެއިން 30ވަނަ މީހާ މަރުވެއްޖެ

ބަލި މީހަކު އެމްބިއުލާންސް އަށް އަރުވަނީ: ފޮޓޯ / ހަތާވީސް

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން އަނެއްކާވެސް މީހަކު މަރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ އެމީހާ މަރުވީ މިއަދު އިރުއޮއްސި 18:24 ހާއިރު ކަމަށެވެ. އެމީހާއަކީ 60 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެމީހާ އަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ. މިއީ ރާއްޖެއިން މިބަލި ޖެހިގެން މަރުވި 30ވަނަ މީހާއެވެ.

ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު 8.741 މީހުންނަށް ވަނީ އަރާފައެވެ. މިހާތަނަށް މުޅި ޖުމްލަ 6،157 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ބަލި ޖެހިގެން މިހާރު ފަރުވާ ދެމުން ދަނީ 2،549 މީހަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *