ކަރަންޓީން ފެސިލިޓީއެއްގައި ހުރި އަންހެނަކަށް ބިދޭސީއަކު ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ޖިންސީ އަނިޔާ އާއި ރޭޕް ކުރުމާއި ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމެއްގައި މީހަކު ޕޯސްޓަރެއް ހިފަހައްޓައިގެން: ފޮޓޯ / ސަން

މާލޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ އަންހެނަކު ކަރަންޓީން ފެސިލިޓީގައި ހުއްޓާ އެތަނުގައި މަސައްކަތް ކުރާ ބިދޭސީއަކު ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ އެ އަންހެން މީހާ އަކީ 26 އަހަރުގެ މީހެއް ކަމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށްވެސް ފުލުހުން ބުންޏެވެ. އެހެންކަމުން އެ މައްސަލަ ފުލުހުންގެ ފެމެލީ އެންޑް ޖެންޑާ އެފެއާޒް ޑިޕާޓްމަންޓުން ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެކުރިން ވެސް މިފަދަ އެހެން މައްސަލަތައް ކަރަންޓީން ފެސިލިޓީތަކުން ވަނީ ފެންމަތިވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *