ބަލިޖެހޭ މީހުން މަދުވާން ފަށައިފި، މިއަދު ބަލިޖެހުނީ 74 މީހުންނަށް

ކޮވިޑް19 އަށް ތައްޔާރުވުމުގެ ގޮތުން މީގެކުރިން ބޭއްވި ޑްރިލްއެއްގެ ތެރެއިން: ފޮޓޯ / މިހާރު

ރާއްޖެއިން ކޮވިޑް19 ޖެހޭ މީހުންގެ އަދަދު 100 އިން މަތީގައި ދުވަސްތަކެއްގައި ހުރުމަށްފަހު ބަލިޖެހޭ މީހުންގެ އަދަދު މަޑުމަޑުން މަދުވާން ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 59 ދިވެހީންނާއި، 15 ބިދޭސީންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 63 ކޭސް ފެނިފައި ވަނީ މާލެއިންނެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު 8.741 މީހުންނަށް ވަނީ އަރާފައެވެ. މިހާތަނަށް މުޅި ޖުމްލަ 6،157 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ބަލި ޖެހިގެން މިހާރު ފަރުވާ ދެމުން ދަނީ 2،549 މީހަކަށެވެ. ރާއްޖެއިން މިބަލީގައި މިހާތަނަށް 29 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *