އިމާރާތެއްގެ ތިންވަނަ ފަންގިފިލާއިން ބިދޭސީއަކު ވެއްޓި އަނިޔާވެއްޖެ

ހުޅުމާލެ/ ފޮޓޯ- އެޗްޑިސީ

ހުޅުމާލޭގައި އިމާރާތެއްގެ ތިންވަނަ ފަންގިފިލާ އިން ބަންގްލަދޭޝް ރައްޔިތަކު ވެއްޓި އަނިޔާވެއްޖެއެވެ.

އެކަމާއި ގުޅިގެން ފުލުހުން މިރޭ ބުނީ ހުޅުމާލެ ލޮޓު، 10527 ނަންބަރުގެ އިމާރާތުގެ ބޭރުގައި ސިމެންތި ޖެހުމަށް ހޮޅި އަޅަން އުޅުމުގެ ތެރޭގައި އެ އިމާރާތުގެ ތިންވަނަ ފަންގިފިލާ އިން ބަންގްލަދޭޝް މީހަކު ވެއްޓުނު ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އެމީހާ އަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހާގެ ހާލަތު ސީރިއަސް ނޫން ކަމަށްވެސް ފުލުހުން ބުންޏެވެ.

އެކަން ހިނގައިދިޔަ ގޮތް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *