އެމެރިކާއަށް ދަތުރުކުރުން 5 ގައުމަކަށް މަނާކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް: ޖޯޖް ޑަބްލިއު ބުޝްގެ ސަރުކާރުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ރިޕަބްލިކަން ޕާޓީން ވަކިވެވަޑައިގަންނަވަން ވަނީ ފަށްޓަވާފައި

އެމެރިކާއަށް ފަސް ގައުމަކުން އެތެރުވުން މަނާކޮށްފިއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓުރަމްޕު އިއުލާނުކުރެއްވި ދަތުރުކުރުން މަނާކުރާ ގަރާރު އިތުރަށް ފުޅާކޮށް، ނައިޖީރީއާގެ އިތުރުން ފަސް ގައުމެއްގެ މީހުން އެމެރިކާއަށް ދަތުރުކުރުމަށްވަނީ މަނާކޮށްފައެވެ. ޓްރަމްޕްގެ މިނިންމެވުމަކީ، ބަޔަކާމެދު ތަފާތުކުރާ ގަރާރެއްކަމުގައި ބުނެ އޭނާއަށް ފާޑިކުޔުންވެސްވަނީ އަމާޒުވެފައެވެ.

މިނިންމެވުމާއެކު އެމެރިކާއަށް އެގައުމުގެ ރައްޔިތުންނަށް ދަތުރުނުކުރެވޭނެ ގައުމުތަކުގެ ލިސްޓަށް އިތުރު ހަ ގައުމެއް އިތުރުވެފައިވެއެވެ. އެ ހަގައުމުތަކުގެ ތެރޭގައި ހިމެނެނީ އެފްރިކާއަށް ނިސްބަތްވާ ހަތަރު ގައުމެކެވެ. އަދި އެގައުމުތަކުގެ ތެރެއިން ތިން ގައުމަކީ މުސްލިމުންގެ އާބަދީ ބޮޑު ގައުމުތަކެވެ.

ދާއިމީ ރައްވެރިކަމެއް އެމެރިކާއިން ލިބުމުގެ ފުރުސަތު ލިބޭ ފަދަ ވިސާތައް ދެން ނުލިބޭނެ ގައުމުތަކުގެ ތެރޭގައި މިފަހަރު ހިމަނާފައިވަނީ ނައިޖީރިއާއާއި، އެރިޓޭރިއާއާއި ކިރްގިސްތާނާއި މިޔަންމާއެވެ. މިނިންމެވުމުގެ ސަބަބުން ވިޔަފާރި ބޭނުންތަކަށާއި، ތަޢުލީމަށާއި އެނޫންވެސް ބޭނުންތަކަށް ވަގުތީ ވިސާއެއް ހޯދުމަށް ހުރަހެއް ނޯންނާނެއެވެ.

މިގައުމުތަކުގެ އިތުރުން އެމެރިކާއިން ފޯރުކޮށްދެމުންދިޔަ ޑައިވާސިޓީ ވިސާތައް ސޫދާނާއި ޓެންޒޭނިއާގެ ރައްޔިތުންނަށް ދިނުން ހުއްޓާލާނެ ކަމުގައިވެސް އެމެރިކާ ރައީސްގެ ރިޔާސީ ގަރާރުގައިވެއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.