ހާޝޮގްޖީ މަރުގެ މައްސަލާގައި އަށް މީހަކަށް ޖަލު ހުކުމް އިއްވައިފި

ހާޝޮގްޖީގެ ޕޯސްޓަރެއް މީހަކު ހިފަހައްޓައިގެން --

ތުރުކީގައި ހުންނަ ސައުދީ އެމްބަސީގެ ތެރޭގައި މަރާލި ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީގެ މަރުގެ މައްސަލައިގައި 8 މީހަކަށް ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ޖަލު ހުކުމް އިއްވި ފަސް މީހެއްގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު އެމީހުންނަކީ ޙާޝުގްޖީ މަރާލުމުގައި ބައިވެރިވެފައިވާ މީހުން ކަމަށްވެއެވެ.

ޖަލަށް ލުމަށް ހުކުމް ކުރި އެކަކަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާއިރު ދެ މީހަކަށް ވަނީ 7 އަހަރު ދުވަހުގެ ޖަލު ހުކުމެއް ސައުދީ ކޯޓުން އިއްވާފައެވެ.

ޙާޝުގްޖީ މަރާލާފައި ވަނީ 2017ވަނަ އަހަރުއެވެ. މި މައްސަލައަކީ ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވި މައްސަލައެކެވެ. ކޯޓުން މައްސަލަ ނިންމާލިއިރު މައްސަލަ ނިންމާލާފައި ވަނީ ސައުދީގެ ތަހުގީގު އިދާރާތަކުން ވެސް މައްސަލަ ނިމިގެން ދިޔަ ގޮތަށެވެ.

Leave a Reply

Your email address will not be published.