42 ރަޖިސްޓާޑު ނަރުހުން ހޯދަނީ

ނަރުސްކަން ކިޔަވާ ކުދިންތަކެއް: ފޮޓޯ / މިހާރު

ރެޖިސްޓާޑް ނަރުހުންނާއި ސީނިއާ ރެޖިސްޓާޑް ނަރުހުންގެ އިތުރުން ކްލިނިކަލް ނަރުހުން ހޯދުމަށް އިއުލާންކޮށްފިއެވެ.

ހެލްތު މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނުގައި ރަޖިސްޓާޑް ނަރުހުންގެ މަގާމަށްވެސް ތިން ކެޓަގަރީއެއް ހިމަނާފައިވެއެވެ. އެ ތިން ކެޓަގަރީތަކުގެ މުސާރަތައް ވެސް ތަފާތެވެ.

އެގޮތުން ރަޖިސްޓާޑު ނަރުހުންގެ CS8-1 ކެޓަގަރީގައި ބުނެފައި ވަނީ ނާސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާންޖެހެއެވެ. އަސާސީ މުސާރައަކީ 9،060 ރުފިޔާއެވެ. CS8-2 ކެޓަގަރީގައި ބުނެފައި ވަނީ ރެޖިސްޓަރޑް ނަރސް، ސީއެސް8-1 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދަންޖެހެއެވެ. މި ކެޓަގަރީގެ އަސާސީ މުސާރައަކީ 9،210 ރުފިޔާއެވެ. CS8-3 ކެޓަގަރީގައި ބުނެފައި ވަނީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވާންޖެހެއެވެ. އަސާސީ މުސާރައަކީ 9،360 ރުފިޔާއެވެ.

ސީނިއާ ރެޖިސްޓާޑް ނަރުހުންގެ CS10-1 ކެޓަގަރީގައި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނާސިން ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނާސިން ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބެންޖެހޭ ކަމަށް ބުނެފައިވާއިރު މުސާރައިގެ ގޮތުގައި 9،670 ރުފިޔާ ލިބެންޖެހެއެވެ.

ސީނިއާ ރެޖިސްޓާޑް ނަރުހުންގެ CS10-2 ކެޓަގަރީގައި ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް10-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވާންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ. މުސާރައިގެ ގޮތުގައި މި ކެޓަގަރީގެ ނަރުހުންނަށް 9،920 ރުފިޔާ ލިބިގެންދެއެވެ. ސީނިއާ ރެޖިސްޓާޑް ނަރުހުންގެ CS10-3 ކެޓަގަރީގައި ސީނިއަރ ރެޖިސްޓަރޑް ނަރސް، ސީއެސް10-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސއްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވާންޖެހެއެވެ. މުސާރައިގެ ގޮތުގައި 10،160 ރުފިޔާ ލިބެއެވެ.

އިއުލާނުގައި ބުނެފައި ވަނީ ކްލިނިކަލް ނަރުހުންގެ CS12-1 ކެޓަގަރީގައި މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ ނަރސިންގ ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ނަރސިންގ ދާއިރާއިން ޖުމްލަ 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާންޖެހޭނެ ކަމަށެވެ. މުސާރައިގެ ގޮތުގައި 10،140 ރުފިޔާ ލިބެއެވެ. ކްލިނިކަލް ނަރސް، ސީއެސް12-1 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވާންޖެހޭއިރު މުސާރައިގެ ގޮތުގައި 10،660 ރުފިޔާ ލިބެންޖެހެއެވެ. CS12-3 ކްލިނިކަލް ނަރސް، ސީއެސް12-2 ގްރޭޑުގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސއްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން %85 އިން މަތިން މާކްސް ހޯދާފައިވާންޖެހެއެވެ. މުސާރައިގެ ގޮތުގައި 10،940 ރުފިޔާ ލިބިގެންދެއެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ލިޔުންތައް ހުށަހެޅުމަށް ވަނީ އެދިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *