ގާނޫނާ އެއްގޮތަށް ކަންކަން ފުރިހަމަ ނުކުރާ މައްސަލާގައި އީސީން ޑީއާރްޕީއާ މަޝްވަރާކޮށްފި

ޑީއާރްޕީ އާއެކު އިލެކްޝަންސް ކޮމިޝަނުން ބައްދަލުކުރަނީ: ފޮޓޯ / އީސީ

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ސިޔާސީ ޕާޓީތަކުގެ ޤާނޫނާއި އެއްގޮތަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ކުރުމުގައި ހުރި މައްސަލަތައް ދެނެގަތުމަށް އެޕާޓީގެ ލީޑާޝިޕާއި އިލެކްޝަން ކޮމިޝަނުން ބައްދަލުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ އެ ބައްދަލުވުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމުގައި ޑީއާރުޕީ އަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ޑީއާރުޕީގެ ލީޑާޝިޕްގައި ހިމެނޭ ބޭފުޅުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ޑީއާރްޕީއާ އެކު ބައްދަލުވުމެއް ބޭއްވިއިރު ޑީއާރްޕީ އިން ލިބެން ޖެހޭ ޖޫރިމަނާ ފައިސާ ހޯދަން އިލެކްޝަނުން ވަނީ ދައުވާކޮށްފައެވެ.

އެޕާޓީއާ ދެކޮޅަށް އީސީން ދައުވާ ކޮށްފައިވަނީ ތިން އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަނޭޅުމުން ކޮށްފައިވާ ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ. މީގެކުރިންވެސް އެތައް ފަހަރެއްގެ މަތިން ޑީއާރްޕީ އަށް އިލެކްޝަންސް އިން ވަނީ ނަސޭހަތްތެރިވެފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *